ލައިބްރަރީގައި އަޑު ގަދަވާފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.
2. ލައިބްރަރީގައި ފޮތް ކިޔާނީ އެހެންމީހުންނަށް އަޑު ނީވޭވަރަށް މަޑުންނެވެ.
3. ލައިބްރަރީގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ޢަމަލެއް ކުރުމަކީ މަނާކަމެކެވެ.
4. ލައިބްރަރީގައި ގުރޫޕު މަސައްކަތެއް ނުވަތަ މަޝްވަރާއެއް ކުރަންވާނީ މާއްދާގެ ޓީޗަރު ހުންނަވައިގެންނެވެ.
5. ލައިބްރަރީއަށް އެއްވެސް ބާވަތެއްގެ ކާއެއްޗެއް ގެނައުމަކީ މަނާކަމެކެވެ.
6. ލައިބްރަރީ ފޮތެއްގައި ( ގަލަމުން/ ފަންސުރުން/ މާކަރު ފަދަ އެއްޗަކުން ) ލިޔެ، ކުރަހާ ، ރޮނގުދަމާ އަދި ގަނޑުކަނޑާ ހެދުމަކީ މަނާކަމެކެވެ.
7. ލައިބްރަރީ ފޮތެއް ދަރިވަރެއްގެ އަތުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ އެ އެޑިޝަންގެ އެހެން ފޮތެއް ނުވަތަ ފޮތުގެ ފުރިހަމަ އަގު ބެލެނިވެރިޔާ ސުކޫލަށް ދައްކަންވާނެއެވެ.
8. ދަރިވަރުންނަށް ލައިބްރަރީން ދޫކުރެވޭނީ ހަމައެކަނި ވާހަކަ ފޮތެވެ. ޑިކްޝަނަރީ،އެންސައިކްލޮޕީޑިއާ، ރިފަރެންސް، ނޮން ފިކްޝަން އަދި މަޖައްލާ ފަދަ ފޮތްތަކެއް ލައިބްރަރީން ބޭރަށް ގެންދާކަށް ދުލެއް ނުކުރެވޭނެއެވެ.