ސްކޫލްގެ ތަޢާރުފް:
މާކުރަތު ސްކޫލް ގެ ބިންގާ އަޅުއްވައިދެއްވީ 1969 ވަނަ އަހަރު މުޙައްމަދު ޔޫސުފް ކަލޭފާނެވެ. އަދި ސްކޫލްގެ ޚިދްމަތް އިފްތިތާޙްކޮށްދެއްވީ 1970 ވަނަ އަހަރު މުޙައްމަދު ޔޫސުފް ކަލޭފާނެވެ. މިސްކޫލްގެ ބާނީއަކީ މުޙައްމަދު ޔޫސުފް ކަލޭފާން އެވެ. ކުދިކުދި ބަދަލުތަކާއި އެކު މިސްކޫލް ހަރަކާތްތެރިވަމުންއައިސް މާކުރަތު ސްކޫލްގެ ނަމަށް ބަދަލުވެފައިވަނީ 20 އޮކްޓޫބަރ 1999 ގައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ސްކޫލްގެ ނަމަށް އެކި ބަދަލު އައިސްފައިވެއެވެ، އެއީ
1. ދިގު މަދަރުސާ: 1936
2. މާކުރަތު މަކްތަބު: 1954
3. މަދަރުސަތުލް މަޙްމޫދީ: 1947
4. މަދަރުސަތުލް ނޫރާނީ: 1972
5. މަކުތަބުލް މުނައްވަރާ 1968
6. މާކުރަތު މަދަރުސާ 1987
7. މާކުރަތު ސްކޫލް: 1999
19 އޭޕްރީލް 2005 ނިޔަލަށް ސަރުކާރު ސްކޫލަކަށް ބަދަލުވަންދެން ސްކޫލް ހިންގަމުންގެންގޮސްފައިވަނީ ރައްޔިތުންގެ ސްކޫލްގެއްގެ ގޮތުގައެވެ. ފުރަތަމަ ކިޔަވައިދެން ފެށިއިރު ކިޔަވައިދެމުން ގެންގޮސްފައިވަނީ 1 ވަނަ ކުލާހުން ފެށިގެން 7 ވަނަ ކުލާހާ ހަމައަށެވެ. އޭގެފަހުން 1990 ވަނަ އަހަރު ޕްރައިމަރީ ތަޢުލީމު ފެއްޓުމަށްފަހު ގްރޭޑް ކުލާސްތައް އުފައްދާ ގްރޭޑް 1 ން 6 ށް ކިޔަވައިދެން ފެއްޓުނެވެ. 1998 ވަނަ އަހަރު ޕްރީ 7 އުފެއްދުމަށްފަހު 1999 ވަނަ އަހަރު ގްރޭޑް 7 އުފެއްދުނެވެ. އަދި 2003 ވަނަ އަހަރު ގްރޭޑް 8 އުފެއްދި ސެކެންޑްރީ ތައުލީމީގެ ބިންގާ އެޅުނެވެ. 2004 ވަނަ އަހަރު ގްރޭޑް 9 އަދި 2005 ވަނަ އަހަރު ގްރޭޑް 10 އުފެއްދުނެވެ. 2005 ވަނަ އަހަރު މިސްކޫލްގައި އޯލެވެލް އިމްތާން ބާއްވަން ފެއްޓުނެވެ. އަދި 2017 ގައި އޭލެވެލް އަށް ކިޔަވައިދައިދޭން ފެށުނެވެ. މިސްކޫލްގެ އަހަރީ ދުވަހެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބަޔާންކޮށްދީފައިވާ ރަސްމީ ލިޔުމުގައިވަނީ 20 ނޮވެމްބަރ 1979 އެވެ.